އޮސްޓްރޭލިއާ ކްރިކެޓް ކުޅުންތެރިން

ރާއްޖޭގައި ތިބި އޮސްޓްރޭލިއާގެ ކްރިކެޓް ކުޅުންތެރިން އަންނަ އާދީއްތަ އޮސްޓްރޭލިއާއަށް ފޮނުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން، އޮސްޓްރޭލިއާގެ ކްރިކެޓް ކުޅުންތެރިން އެގައުމަށް ފޮނުވާލަން މަސައްކަތް ކުރަމުން އަންނަނީ އޮސްޓްރޭލިއާ ސަރުކާރާ ގުޅިގެން ބޯޑް އޮފް ކޮންޓްރޯލް ފޯރ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އަދި ކްރިކެޓް އޮސްޓްރޭލިއިން ކަމަށެވެ.

އިންޑިއާއިން ރާއްޖެ އައި އޮސްޓްރޭލިއާގެ މި ކްރިކެޓް ކުޅުންތެރިން އޮސްޓްރޭލިއާއަށް ފޮނުވާލަން މަސައްކަތް ކުރަމުން އަންނަނީ ޗާޓަރު ފްލައިޓެއްގައި މެލޭޝިއާ މަގުން އަންނަ އާދީއްތަ ދުވަހު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވާދަކުރާ އޮސްޓްރޭލިއާގެ ކުޅުންތެރިން ރާއްޖެ އައީ އިންޑިއާއިން އެގައުމަށް ދަތުރު ކުރުން ހުއްޓާލާފައިވާތީ، އޮންނަ އުސޫލުގެ މަތިން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރުމަށެވެ. 

އިންޑިއާގައި ކޮވިޑު ހަލުވި ކަމާއެކު ފެތުރެމުން އައުމާއެކު، އައިޕީއެލްގެ ކުޅުން މެދުކަނޑާލާފައިވާއިރު، އެ މުބާރާތުގައި ވާދަކުރާ އޮސްޓްރޭލިއާ ކްރިކެޓް ކުޅުންތެރިންގެ އިތުރުން ކޯޗުންނާއި، ނޫސްވެރިން އަނބުރާ ގައުމަށް ނުދެވި އިންޑިއާގައި ތާށިވިއެވެ.

މިއާއެކު، ރާއްޖޭގެ ސަރުކާރާއެކު މަޝްވަރާ ކުރުމަށްފަހު ކްރިކެޓް އޮސްޓްރޭލިއާ އަދި ބީސީސީއައި އިން ކުރި މަސައްކަތާއެކު ޖުމްލަ 38 މެމްބަރުން އެކުލެވޭ މި ކޮންޓިންޖެންޓް އޮސްޓްރޭލިއާއަށް ފޮނުވާލަން ފުރިހަމަކުރަންޖެހޭ ކަރަންޓީން މުއްދަތަށް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

އައިޕީއެލް މެދުކަނޑާލުމާއެކު، އެ ލީގުގައި ވާދަކުރާ އެކި ގައުމުތަކުގެ ކުޅުންތެރިންނާއި، ކޯޗުން އަދި ނޫސްވެރިން ރާއްޖެ އައިސްފައިވާއިރު، އޭގެ ތެރޭގައި ނިއުޒިލޭންޑްގެ ކުޅުންތެރިންވެސް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *