ކޮވިޑް-19ގެ އާލާސްކަންފުޅާ އުޅުއްވަމުންވެސް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެނބުރި ވައިޓް ހައުސްއަށް ވަޑައިގަންނަވައިފިއެވެ. މިއީ ކޮވިޑް-19ގެ ބައްޔަށް މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށްފަހު ޓްރަމްޕް ވައިޓް ހައުސްއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޓްރަމްޕަށް ވޯލްޓަރ ރީޑް މިލިޓަރީ ހޮސްޕިޓަލުގައި ފަރުވާދީފައިވަނީ 3 ރޭގެ މުއްދަތަކަށެވެ.

ޓްރަމްޕް ވަނީ އެނބުރި ވައިޓް ހައުސްއަށް ވަޑައިގަންނަވާ ވީޑިއޯއެއް ޓްވީޓް ކުރައްވާފައެވެ. އަދި ވައިޓް ހައުސްއަށް ވަޑައިގެން މާސްކް ނަންގަވާފައިވެއެވެ. ބެލެވޭ ގޮތުން މިއީ ރައްޔިތުން ކޮވިޑް-19އަށް ބިރު ގަންނަން ޖެހޭ ސަބަބެއް ނެތްކަމަށް ދެއްކުމުގެ ގޮތުން އެ މަނިކުފާނު ކުރެއްވި ކަމެކެވެ.

ވައިޓް ހައުސްގައި މިހާރުވެސް ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުންދާއިރު، ގިނަ ބަޔަކު ބުނާ ގޮތުން ޓްރަމްޕްގެ އަމަލުތައް ހުރި ގޮތުން އިތުރު ބަޔަކު ނުރައްކަލަށް ހުށަހެޅިގެންދާނެއެވެ. މާސްކް އެޅުމަށް ދެކޮޅު ހެދުމަކީ ޑަބްލިއު.އެޗް.އޯގެ ގައިޑްލައިންތަކާ ހިލާފުވުން ކަމަށްވާއިރު، ސައިންސްވެރިންނާއި ޑޮކްޓަރުންގެ ބަހަށް ގޮންޖެހުމަކީ އެމެރިކާގެ ރައީސް ކުރުން އެންމެ އެކަށީގެންވާ ކަމެއް ނޫންކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ. ދާދި ފަހުންވެސް ވައިޓް ހައުސްގައި މަސައްކަތް ކުރާ ތިން ނޫސްވެރިޔަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. 

އެމެރިކާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ބަލީގައި 210،000 އެމެރިކާ ރައްޔިތުންވަނީ މަރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *