މ. މުލި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. އެމަސައްކަތް ނިމުނުކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްއެވެ. 

މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވިދާޅުވީ ކައުންސިލާއި ޒުވާނުން އެދުނު ގޮތަށް މުލި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ނިންމާލުމަށް އެރަށު ކައުންސިލާއި ޒުވާނުންގެ އިތުރުން އެރަށް ހިމެނޭ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. 

ޔޫތު މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި މަސައްކަތުުގެ ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި މަސައްކަތް އެ މިނިސްޓްރީގެ ފަރާތުން ހަވާލުކުރީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 1،165،043 (އެއް މިލިއަން އެއް ލައްކަ ފަސްދޮޅަސް ފަސް ހާސް ސާޅިސް ތިނެއް) ރުފިޔާއަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.