ޓީޗަރުންގެ މަސައްކަތް އަގު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބެއްގައެވެ. މި ހިތާބުގައި ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ޓީޗަރުންނަށްވެސް އަރިސްކުރައްވާފައިވެއެވެ.

މި ހިތާބުގައި ނައިބު ރައީސް ވިދާޅުވީ، ގައުމެއް ކުރިއަރައި ދަނީ އެ ގައުމެއްގައި އުފެދޭ ހަރުދަނާ ގާބިލް ޖީލެއްގެ ސަބަބުންކަމަށާއި، އެފަދަ ޖީލެއް ބިނާކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރައްވަނީ ހީވާގި މުދައްރިސުންކަމަށެވެ. އަދިވެސް ނައިބު ރައީސް ވިދާޅުވީ، އެފަދަ ޖީލެއް ބިނާކުރުމަށް މުދައްރިސުން ރެޔާ ދުވާލު ކުރާ މަސައްކަތް އަގު ނުކުރެވޭނޭކަމަށެވެ. 

މީގެއިތުރުންވެސް ފައިސަލް ނަސީމް ވިދާޅުވީ ސްކޫލެއް ރަނގަޅު ސްކޫލަކަށް ވަނީ އިމާރާތުގެ ނުވަތަ ތަކެތީގެ ފެންވަރު މަތިވެގެން ނޫންކަމަށާއި، އެތަނުގައި ކިޔަވައިދޭ ޓީޗަރުންގެ މަސައްކަތުން ކަމަށެވެ.

ދުނިޔޭގެ ޓީޗަރުންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.