މިއަދު ފާހަގަ ކުރަމުންދާ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ހުރިހާ ޓީޗަރުންނަށް ފޮނުއްވައިފިއެވެ. 

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މައިންބަފައިން ފިޔަވައި ދެން އެންމެ ބޮޑު ދައުރެއް ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އޮންނަނީ ޓީޗަރުންގެ ކަމަށެވެ. އެހެންވީިއިރު، އާ ޖީލްތައް ބިނާ ކުރަމުންދާ ޓީޗަރުންނަށް ޝުކުރު ހައްގު ކަމަށެވެ. 

މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަ ކުރަމުންދާއިރު ގިނަ ސްކޫލްތައް މިހާރު ވެސް ހުރީ ކިޔަވައިނުދެވިއެވެ. ކޮވިޑާ ގުޅިގެން ޓީޗަރުންނަށް ޖެހިފައިވަނީ އޮންލައިންކޮށް ކިޔަވައިދޭށެވެ. އެއީ ތަކުލީފު ބޮޑު ކަމަކަށް ވަނީ ވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *