އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު މެޗުތަކުން އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް އަދި މެންޗެސްޓަރ ޔުނައިޓެޑް ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 6-1 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑުން ދެވަނަ މިނެޓުގައި ބްރޫނޯ ފަނާންޑޭޒްގެ ޕެނަލްޓީއަކުން ލީޑުކުރިއިރު ހަތަރު ވަނަ މިނެޓުގައި އެންޑޮމްބެލޭ ވަނީ ޓޮޓެންހަމްއަށް އެއްވަރުކޮށްދީފައެވެ. ޓޮޓެންހަމްގެ ދެވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ސޮން ޖަހައިދިން އިރު 30 ވަނަ މިނެޓުގައި ހެރީ ކޭން ވެސް ލަނޑެއް ޖެހިއެވެ. ފުރަތަމަ ހާފުގައި ޓޮޓެންހަމްއިން ހަތަރު ލަނޑު ޖެހިއިރު އެޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ ވެސް ސޮންއެވެ. 

ދެވަނަ ހާފާއި ޔުނައިޓެޑުން ކުރިމަތިލީ 10 ކުޅުންތެރިންނާއެކު ކަމަށްވާއިރު ޓޮޓެންހަމްގެ ފަސް ވަނަ ލަނޑު އެޓީމަށް 51 ވަނަ މިނެޓުގައި ޖަހައިދިނީ ސާޖް އޮރިއަރއެވެ. މެޗުގައި ފެނިގެންދިޔަ ޓޮޓެންހަމްގެ ހަވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކޭންއެވެ. މިއީ ޔުނައިޓެޑްގެ ދަނޑުގައި މިހާ ބޮޑު ނަތީޖާއަކުން ޓޮޓެންހަމް މޮޅުވި ފުރަތަމަ ފަހަރެވެ. 

އެސްޓަން ވިލާއިން ވަނީ 7-2 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށްފައެވެ. މި މެޗުގައި ލިވަޕޫލްގެ ދެ ލަނޑު ވެސް އެޓީމަށް ޖަހައިދިނީ މުހައްމަދު ސަލާހުއެވެ. އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް ހެޓްރިކް ހެދިއިރު ކެޕްޓަން ޖެކް ގްރީލިޝް ދެލަނޑު ޖެހިއެވެ. ދެން އެޓީމަށް ލަނޑު ޖަހައިދީނީ ޖޯން މެކްޖިން އަދި ރޮސް ބާކްލީއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.