އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ. 

ނައިބް ރައީސް އެކުވެންޏަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. އެމަނިކުފާނާއެކު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފާއި އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. 

އެކުވެނި ޓްރެކްގައި މިހާރު ކުރިޔަށް ދަނީ ކޮންކްރީޓް އެޅުމުގެ މަސައްކަތެވެ. އެތަނުގެ ބިން އެއްވަރުކުރުމާއި ކޮންކްރީޓްގެ މަސައްކަތް ސީއެސްއާރުގެ ދަށުން ކުރަމުންދަނީ އާރުކޭއެލް ގްރޫޕުންނެވެ. އެ ގްރޫޕްގެ އިސްވެރިން ވަނީ މިއަދު މަސައްކަތްކުރިޔަށް ދާ ގޮތް ނައިބް ރައީސްއަށް އޮޅުންފިލުއްވައިދެއްވާފައެވެ. 

ކޮންކްރީޓް މަސައްކަތް ނިމުމާއެކު ސިންތެޓިކް ލޭޔަރ އެޅުމުގެ މަސައްކަތް ފެށިގެންދާއިރު އެ މަސައްކަތް ކުރަން ކޮންޓްރެކްޓް ކުރެވިފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ. މިނިސްޓަރ މަޙްލޫފް ވަނީ ނޮވެމްބަރު 11 އަށް ޓްރެކްގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.