ބްރޯޑްކާސްޓްކުރުމުގެ ލައިސެންސަށް އެދުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން (ބްރޯޑްކޮމް) މިއަދު ހުޅުވާލައިފިއެވެ. އެ ކޮމިޝަނުން އިއުލާންކޮށްފައިވާ ގޮތުގައި މި ފުރުސަތު ހުޅުވާލެވިފައިވަނީ މިއަދުން ފެށިގެން 5 އަހަރުގެ މުއްދަތަކަށެވެ.

ބްރޯޑްކޮމްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ލައިސެންސް ދޫކުރުމަށް ނިންމާފައިވާ މީޑިއަމްތަކުގެ ތެރޭގައި ހިމެނެނީ ޓެރެސްޓްރިއަލް، ކޭބަލް ނެޓްވާރކް، ސެޓެލައިޓް، މޯބައިލް ނެޓްވާރކް، އިންޓަރނެޓް، އަދި ކޮމިޝަނުން ފާސްކޮށްފައިވާ އެހެނިހެން މީޑިއަމްތަކެވެ. މި މީޑިއަމްތަކުން މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސެންސް ދޫކުރެވޭނެއެވެ.

މީގެއިތުރުންވެސް، ބްރޯޑްކާސްޓިން ލައިސެންސްތައް އައު ފޯމެޓަކަށް ދޫކުރުމަށްޓަކައި، މިހާރު ލައިސެންސް އޮތް ފަރާތްތަކުން 3 އޭޕްރީލް 2021 ގެ ކުރިން އައު ފޯމެޓަށް ލައިސެންސް ބަދަލުކުރުމަށް އެދެވޭނޭ ކަމަށްވެސް ބްރޯޑްކޮމްއިން ވަނީ ހާމަކޮށްފައެވެ. މިގޮތަށް ލައިސެންސް ގެއްލިފައި ނުވަތަ ހަލާކުވެފައިވާ ފަރާތްތަކަށްވެސް އެދެވޭނޭ ކަމަށްވެސް ބްރޯޑްކޮމްއިން ބުނެފައިވެއެވެ.

ބްރޯޑްކޮމްއަކީ ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ފްރީކުއަންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލައި، ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންތައްތައް ބެލެހެއްޓުން ގާނޫނުން މަތިކޮށްފައިވާ ކޮމިޝަނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.