އިސްރާއީލްގެ މަގުތައް މަތީގައި އެ ގައުމުގެ ރައްޔިތުން މުޒާހަރާ ކޮށްފިއެވެ. މިއީ އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާ އެ ގައުމުގައި މުޒާހަރާ ކުރާ 15 ވަނަ ހަފްތާއެވެ.

އެތައް ހާސް ބައެއް މި މުޒާހަރާތަކުގައި ބައިވެރިވެފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ. އިސްރާއީލްގައި މުޒާހަރާކުރުން ހުއްޓުވުމުގެ ގޮތުން، އެ ގައުމުގެ ސަރުކާރުން ދަނީ ގާނޫނުތަކަށްވެސް ބަދަލުތައް ގެންނަމުންނެވެ. އެ ގޮތުން އެ މީހެއްގެ ގެއަށްވުރެ 1 ކިލޯމީޓަރު ދުރުގައި އެއްވުން ވަނީ މަނާކޮށްފައެވެ.

އިސްރާއީލް ރައްޔިތުން ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާ މުޒާހަރާކުރަނީ، އޭނާ އާ ދެކޮޅާށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކާއި ގުޅިގެން އިސްތިއުފާ ދިނުމަށް ދެކޮޅު ހަދަމުން ގެންދާތީއެވެ. ނަތަންޔާހޫ އިސްތިއުފާ ދިނުމަށް ދެކޮޅު ހަދަމުން ދިޔުމުގެ ސަބަބުން، ނުރުހުން ފާޅުކުރުމުގެ ގޮތުން، އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރުވެސް ވަނީ އިސްތިއުފާދެއްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.