ގދ.ހޯނޑެއްދޫ މޮނިޓަރިން ހާލަތު އުވާލައިފިކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއީ އިން އިއުލާންކޮށްފިއެވެ. މިކަން އިއުލާންކޮށް އެޗްޕީއޭއިން ނެރެފައިވާ ލިއުމުގައި ވާ ގޮތުން، މިއަދުގެ 8:51 އިން ފެށިގެން މޮނިޓަރިން ހާލަތު ވަނީ އުވާލާފައެވެ.

މޮނިޓަރިން ހާލަތު އުވާލުމަށް ނިންމާފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގާނޫނު ނަންބަރު 2012/7 (އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު)ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައަޅާފައިވާ ކަންކަން ބެލުމުން، މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ގދ.ހޯނޑެއްދޫ މޮނިޓަރިން ހާލަތަށްލީ ސެޕްޓެމްބަރު މަހުގެ 3ވަނަ ދުވަހުއެވެ. އެއީ އެ ރަށުން ނެގި 36 ރެންޑަމް ސާމްޕަލްގެ ތެރެއިން 19 މީހުން ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެހެންނަމަވެސް އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ނުބެލެވޭކަމަށް އެޗްޕީއޭއިން ވަނީ އޭރުވެސް ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.