ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅު ދައުލަތުން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފި އެވެ.

މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރުގެ ސަލާމަތީކަންކަން ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސް ސޯލިހް ވަނީ ބަންޑަރަ ނައިބް އިބްރާހިމް ރިފްއަތުއަށް އަންގަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައީސްގެ އެ އެންގެވުމާއި ގުޅޭ ހަބަރަށް ބަދަލުތަކެއް ގެނެސް، ދެ ވަނަ ފަހަރަށް ޝާއިރުކޮށްފަ އެވެ. އެގޮތުން ރައީސް އެންގެވި އެންގެވުންތަކަށް ބަދަލުގެނެސް، ހަބަރަށް އިތުރުކޮށްފައިވަނީ ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ ކަންކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ބޭފުޅުންނަށް ޚާއްޞަކުރެވިފައިވާ ރަސްމީ ގެކޮޅު ހަމަޖެއްސުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމުގެ މަސައްކަތް ކުރެއްވުމަށް ބަންޑާރަ ނައިބަށް އެންގެވިކަމަށެވެ. އަދި މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ޤާނޫނެއްގެ ބިލެއް އެކުލަވައިލައްވަންް ރައީސް އެންގެވިކަމަށް ރައީސް އޮފީހުން ބުުންޏެވެ

ދެ ބޭފުޅުންނަށް ޚާއްޞަކުރެވިފައިވާ ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ މަސައްކަތް ޤާނޫނުތަކުގެ ތެރެއިން ކުރެއްވުމަށް އިރުޝާދު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނިގޮތުގައި ރައީސް އެގޮތަށް އެންގެވީ ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ދެމުންގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަޤީން ކުރުމަށް ކަމަށެވެ.

1
3
1
0
2

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.