10 ސެޕްޓެމްބަރ 2020 - ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒްކުރުން ހަރުދަނާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަލާމަތީ ހިދުމަތްތަކަށް އަންގަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު އެޗްޕީއޭ އިން އަޅާފައިވާ އައު ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް އަމަލުކުރާކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކަށް ރައީސް އެންގެވިކަމަށެވެ. އެގޮތުން ފުލުހުންގެ ހިދުމަތަށާއި ޤައުމީ ދިފާއީ ހިދުމަތް (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް) ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.

މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެޗްޕީއޭއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުުގެ ތެރޭގައި ކަރފިއު ވަގުތު އިތުރުކުރުން ހިމެނެ އެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި އައު ފިޔަވަޅުތައް:

  • ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  • ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެއް ޚިދުމަތް ދިނުން ހުއްޓައިލުން (ކާފިއު ވަގުތުގައި ޓޭކްއަވޭގެ ޚިދުމަތެއް ނުދެވޭނެ)
  • ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.

ރާއްޖެގައި ކޮވިޑް ނުރައްކާ އިންތިހާއަށް ބޮޑުވެ، ދުވާލެއްގެ މައްޗަށް ރިކޯޑްކުރާ ކޭސްތަކުގެ އަދަދު ވަނީ 1500 އަށް ވުރެ މައްޗަށް އަރާފަ އެވެ. އަދި ސިއްހީ ނިޒާމަށް ބާރުބޮޑުވެ، ހިދުމަތަށް ނުކަތާވަރުވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވެ ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 11،629 އަށް އަރާފައެވެ. މީގެ ތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 247 އަށް އަރާފައެވެ.

ކޮވިޑް-19 އިގެ ހާލަތު ފެށުނު ފަހުން މިއަދާހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 38،520 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 26،795 މީހުން މިބަލިން ރަންގަޅުވެފައިވާއިރު، މިބަލީގައި 87 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.