ލ. ގަމުގައި ތަރައްގީކުރަމުންދާ ޓާޝަރީ ހޮސްޕިޓަލާއެކު މުޅި ލ. އަތޮޅަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ. 

ގަމުގައި ތަރައްގީކުރަމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލްގެ ފޮޓޯއެއް އާއްމުކުރައްވައި ފޭސްބުކްގައި ވިސާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔާމީނުގެ ފަސް އަހަރުގެ ދައުރު ނިމިދިޔަ އިރުވެސް އޮތީ ލާމަރުކަޒީ ނިޒާމު ކަމަށާއި އެ  ފަލްސަފާގެ ދަށުން ގަމު ރީޖަނަލް ހޮސްޕިޓަލު ތަރައްގީ ކުރާ ވާހަކަ ދެއްކުމުން އެކަން ނުވާނެ ކަމަށް އެ ސަރުކާރުން ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިހާރު އެދަނޯީ ގަމު ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖެހިގެންދާ ތަން ކަމަށާއި ކުރިޔަށް އޮތް ތަނުގައި ސީޓީ ސްކޭންގެ ހިދުމަތާއި އެމްއާރުއައިގެ ހިދުމަތް ވެސް ލިބިގެންދާނެ ކަމަށް ވިސާމް ވިދާޅުވިއެވެ. އަދި ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގަމު ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް ވިސާމް ވިދާޅުވިއެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އާއިމާރާތް އަޅާނެ ކުންފުންޏެއް ހޯދަން އިއުލާނުކުރާނެކަން ހާމަކުރައްވަމުން ވިސާމް ވަނީ ރައިސް ސޯލިހަށް ޝުކުރު އަދާކުރައްވާފައެވެ.

ވިސާމް މިހެން ވިދާޅުވެފައިވާއިރު މިހާރު ވެސް ގަމުގެ ހޮސްޕިޓަލް ތަރައްގީކުރުމަށް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ސީޓީ ސްކޭން ބެހެއްޓުމުގެ މަސައްކަތް ކުރިޔަށްދާއިރު އަންނަ މަހުގެ ތެރޭގައި މެޝިން އިންސްޓޯލްކޮށް ނިންމާލެވޭނެއެވެ. އަދި އަލަށް އިމާރާތްކުރަމުންދާ 6 ކޮޓަރީގެ އޮޕީޑީ އޭރީއާގެ 90 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައެވެ.

https://cdn.jazeeranews.mv/uploads/50/ee2f7f190cb1092a59d54f86cacc595e.jpeg 

އަދި ކޮވިޑް 19 އާ ގުޅިގެން މާލެ ފުރަބަންދެއްގައި އޮތުމުގެ ސަބަބުން މެދު ރާއްޖެތެރޭގެ އަތޮޅުތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބޭސްފަރުވާއަށް ގަމަށް ޒިޔާރަތްކުރަމުންނެވެ. ޓާޝަރީ ފެންވަރަށް ގަމުގެ ހޮސްޕިޓަލް ތަރައްގީވެގެން ދިޔުން ވާނީ ހައްދުންމައްޗާއި ކައިރީގައި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ބޭސްފަރުވާގެ ފެންވަރު މަތިވެ ހަރަދުތައް ކުޑަވެގެންދާނެ ކަމަކަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.