ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް - ފޮޓޯ: ޕީޖީ

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ލިބިވަޑައިގެންފައިނުވާކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ޝަމީމްގެ ދިފާއުގައި، އެމްއެމްޕީއާރުސީގެ ފައިސާ ޝަމީމަށް ލިބިވަޑައިގެންފައިނުވާކަމަށް ބުނެފައިވަނީ އޮންލައިން ނޫސް ދިޔަރެސްގައިވާ ހަބަރެއް ދޮގުކޮށެވެ.

ޕީޖީ އޮފީހުގެ މީޑިއާގެ ކަންކަމާއި ހަވާލުވެ ހުންނަވާ ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު، މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެމްއެމްޕީއާރސީ ޚިޔާނާތާ ގުޅުންހުރި ފައިސާ ޕްރޮސިކިއުޓަރ ޖެނެރަަލްއަށް ލިބިވަޑައިގެންނެވި ކަމަށް ބަޔާންކޮށް އޮންލައިން ނޫސް ދިޔަރެސްގައި ލިޔެފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއްވެސް އިރެއްގައި އެމްއެމްޕީއާރުސީގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރސީގެ ޚިޔާނާތާ ގުޅުންހުރި އެއްވެސް ފައިސާއެއް އެއްވެސް އިރެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމަށް ލިބިވަޑައިގެންފައި ނުވާކަމުގެ ޔާޤީންކަން އަރުވަމެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޮންޓްރޯލްކުރާ ދިޔަރެސްގައި ބުނެފައިވާގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ޝަމީމަށް 3 މިލިއަން ރުފިޔާ ލިބުނު އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓަކާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ހައްޔަރު ކުރުމުން ވަކީލު ފީގެ ގޮތުގައި 3 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވާނެ ކަމަށް މުހައްމަދު އައްލާމް ލަތީފް ބުނެފައިވާކަމަށެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.