ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ހިޔާނާތުގައި ޝާމިލްވާ ފަރާތްތަކުގެ ލިސްޓް އާއްމު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރުސީގެ ލިސްޓް އާއްމުކުރުމަށް ހުރަސް އެޅުމަށާއި އިތުބާރު ގެއްލުވާލުމަށް ކިތަންމެ އަސްލެއް ނެތް ލިޔުން ތަކެއް ހަދައި ނެރުނު ނަމަވެސް މިކަމުގައި ޝާމިލްވާ ހުރިހާ އެންމެންގެ ލިސްޓް އާއްމު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ އަންނަނީ ރައީސް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ފަރާތްތައް:

  • 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުން
  • 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރުން
  • މިނިވަން މުއައްސަސާތަކުގައި ތިއްބެވި 5 މެމްބަރުން
  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ތިއްބެވި 7 ފަރާތެއް
  • ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވާ 6 ފަނޑިޔާރެއް
  • ކުރީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި 23 ފަރާތެއް
  • ސަލާމަތީ ހިދުމަތްތަކުގެ ތެރެއިން 7 އޮފިސަރެއް

މި ޚިޔާނާތް ތަހުގީގުކުރަމުންދާ އިދާރާތަކުން ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެންބަރަކު ޚިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

0
0
1
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.