ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުތަކުގައި ހުރި ކެޕޭސިޓީތައް ފުރެމުން އަންނަކަމަށް މިރޭގެ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ޕްރެސް ކޮންފަރެންސްގައި ޑރ. އިބްރާހިމް ޝިހާމް ހާމަކުރައްވައިފިއެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުން އައުމާއި ގުޅިގެން ހޮސްޕިޓަލުތަކުގެ ކެޕޭސިޓީ ފުރެން ގާތްވުމާއި ގުޅިގެން ހޮސްޕިޓަލުތައް އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ ކެޕޭސިޓީ ވަނީ އިތުރުކުރެވިފައެވެ. އެހެންނަމަވެސް ފާއިތުވި ތިން ދުވަހުގެތެރޭގައި 3،800 އާ ގާތް ކުރާ އަދަދަކަށް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.

މިރޭގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. ޝިހާމް ވިދާޅުވީ ކުރިން ރާއްޖޭގެ ހޮސްޕިޓަލުތަކުގައި ކޮވިޑަށް ފަރުވާ ދިނުމަށް ހުރި ކެޕޭސިޓީ ފުރެން ގާތްވުމުން ކެޕޭސިޓީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިތުރުކުރެވިފައިވާކަމަށެވެ.

ހޮސްޕިޓަލުތަކުގެ ބެޑް ކެޕޭސިޓީ އިތުރުކުރެވުނަސް އިތުރުކުރެވުނު ކެޕޭސިޓީވެސް އަންނަނީ ފުރެމުން.

އެގޮތުން ހޮސްޕިޓަލްތަކުގެ ބެޑް ކެޕޭސިޓީ ފުރި ނުރައްކާތެރި ހާލަތަކަށް ދިއުމުގެ ކުރިން ގްރޭޓަރ މާލެ ސަރަހައްދު ލޮކްޑައުނަކަށް ދިއުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިވަގުތު އެޗްޕީއޭއިން ކުރަމުން އަންނަކަމަށް އެޗްއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ލޮކްޑައުނަކަށް ދިޔުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވުމަށް ދުރާލާ ވަނީ މަސައްކަތް ފެށިފަ.

ކޮވިޑަށް ފަރުވާދޭ ތަންތަން އިތުރުކުރުމަށް މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގެ 17 ވަނަ ފަންގިފިލާވެސް ކޮވިޑަށް ފަރުވާދިނުމަށް ބޭނުންކުރަމުށް ވަނީ ހުޅުވާލާފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އައުމާއި ގުޅިގެން ރާއްޖޭގައި ކޮވިޑަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުތަކުގެ ކެޕޭސިޓީ ވަނީ %80 ފުރިފައެވެ. ހަމަމިޔާއެކު، ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ގިނަވަމުން އައުމާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާ ފުރި، 16 ވަނަ ފަންގިފިލާވެސް ފުރުމާއި ވަނީ ގާތްވެފައެވެ.

ފާއިތުވި ދުވަސްތަކުގައި ގިނަ އަދަދަކަށް ރާއާޖޭގައި މީހުން އަންނަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުތެރޭ 1،501 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން 1،229 މީހެއް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މިހުންގެ އަދަދު 11،000 މައްޗަށް އަރާފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ހޯދާމީހުންގއ އަދަދު ވަނީ 247 އަރާފައެވެ.

ކޮވިޑް ރާއްޖޭގައި ބާރު ދުވެއްޔެއްގައި ފެތުރެމުން އައުމާއި ގުޅިގެން މިއަދު އެޗްޕީއޭއިން ވަނީ މިއަދު ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލުކުރުމަށްޓަކއި އިތުރު ފިޔަވަޅުތަކެއް އަޅާފއެވެ. އެގޮތުން 12 މޭއިން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ހަވީރު 16:00 ފެށިގެން ފަތިހު 04:00 ކާފިޔޫގެ ވަގުތު ވަނީ ދިގުކޮށްފައެވެ. މީގެއިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގާފައިވާއިރު، ރެސްޓޯރެންޓުތަކާއި، ކެފޭތަކުގައި ތިބެގެން ކެއުން މަނާކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.