ގްރޭޓަރ މާލެ ސަރަހައްދުގެ ވިޔަފާރިތަކުގެ މާސް އިންސްޕެކްޝަންތައް ބާރު ދުވެއްޔެއްގައި ކުރިޔަށް ގެންދަމުން އަންނަ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެގޮތުން މި އިންސްޕެކްޝަންގައި ވިޔަފާރިތަކުން އަމަލުކުރަމުން ދަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބެލިގެންދާނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

އެހްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ހިންގަމުން އަންނަ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދުކުރަމުން މިއަންނަނީ.

ފާއިތުވި ދުވަސްތަކުގައި ގިނަ އަދަދަކަށް ރާއާޖޭގައި މީހުން އަންނަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުތެރޭ 1،501 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން 1،229 މީހެއް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މިހުންގެ އަދަދު 11،000 މައްޗަށް އަރާފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ހޯދާމީހުންގއ އަދަދު ވަނީ 247 އަރާފައެވެ.

ކޮވިޑް ރާއްޖޭގައި ބާރު ދުވެއްޔެއްގައި ފެތުރެމުން އައުމާއި ގުޅިގެން މިއަދު އެޗްޕީއޭއިން ވަނީ މިއަދު ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލުކުރުމަށްޓަކއި އިތުރު ފިޔަވަޅުތަކެއް އަޅާފއެވެ. އެގޮތުން 12 މޭއިން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ހަވީރު 16:00 ފެށިގެން ފަތިހު 04:00 ކާފިޔޫގެ ވަގުތު ވަނީ ދިގުކޮށްފައެވެ. މީގެއިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގާފައިވާއިރު، ރެސްޓޯރެންޓުތަކާއި، ކެފޭތަކުގައި ތިބެގެން ކެއުން މަނާކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.