ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ހަވީރު 6:00 އިން ފެށިގެން ވެހިކަލް ދުއްވުން މަނާކޮށްފައިވުމާއެކު، މަގުތަކުގައި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތައް ދަނެގަނެ، ފިޔަވަޅު ތަންފީޒްކުރުމަށް ފުލުހުން ހަރަކާތްތެރިވުން -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކޮށްފައި ވަނިކޮށް ހުއްދައަކާ ނުލާ ބޭރުގައި އުޅުމުގެ ސަބަބުން 65 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ކާފިއު ގަޑީގައި ހުއްދައަކާ ނުލާ ބޭރުގައި އުޅެގެން 65 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު، އެ ވަގުތުގައި ވެހިކަލް ދުއްވައިގެން 11 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

މީގެ އިތުރުން ވެސް ބޭރު ތެރޭގައި މާސްކު ނާޅާ އުޅުމުގެ ސަބަބުން ވެސް 136 މީހަކު ޖޫރިމަނާ ކޮށްފައި ވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުމަކީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަޖުބޫރު ކަމެކެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި ވަނީ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާން ކޮށްފައެވެ. އެ ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެކެވެ. ނަމަވެސް މިއަދު ވަނީ މި ފިޔަވަޅު ވަރުގަދަކޮށް، ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާން ކޮށްފައެވެ.

ކާފިއު ވަގުތުގައި ޒަރޫރީ ބޭނުމެއްގައި ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ފުލުހުންގެ ޕޯޓަލުން ހުއްދަ ނަގައިގެން ދެވޭނެއެވެ. އަދި އޭގެ އިތުރުން ކާފިއު ގަޑީގައި ބޭރުގައި އުޅުމަށް ހާއްސަ ހުއްދަ ލިބިފައި ވާ ފަރާތްތަކާއި، ސިއްހީ ދާއިރާއާއި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ކާފިއު ގަޑީގައި ބޭރުގައި އުޅެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.