ހުޅުމާލެ މެޑިކަލް ފެސިލިޓީ

ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 1,501 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދީފިއެވެ.

މިއަދުގެ ކޮވިޑް-19 އަށް ފައްސިވިމީހުންގެ އަދަދު ގިނަވެފައިމިވަނީ ކުރިން ނެގިފައިވާ ބައެއް ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ލަސްވުމާއި ގުޅިގެން ކަމަށް މިރޭގެ ޕްރެސްގައި މަބްރޫކް ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ފާއިތުވި 24 ގަޑިއިރުތެރޭ ކޮވިޑަށް ޕޮޒިޓިވްވީ 1،501 މީހުންނެވެ.

  • ގްރޭޓާ މާލެ ސަރަހައްދުން - 1،229 ކޭސް
  • އަތޮޅުތެރެއިން - 265 ކޭސް
  • ރިޒޯޓުތަކުން - 7 ކޭސް

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ރާއްޖޭގައި ސާމްޕަލް ނެގެމުން އައިމިންވަރަށް 

  • 11.މެއި.2021 - 6،208 ސާމްޕަލް
  • 10.މެއި.2021 - 5,598 ސާމްޕަލް
  • 09.މެއި.2021 - 4,507 ސާމްޕަލް
  • 08.މެއި.2021 - 4،014 ސާމްޕަލް

ރާއްޖޭގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވެ ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 11،629 އަށް އަރާފައެވެ. މީގެ ތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 247 އަށް އަރާފައެވެ.

ކޮވިޑް-19 އިގެ ހާލަތު ފެށުނު ފަހުން މިއަދާހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 38،520 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 26،795 މީހުން މިބަލިން ރަންގަޅުވެފައިވާއިރު، މިބަލީގައި 87 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

ކޮވިޑް ރާއްޖޭގައި ބާރު ދުވެއްޔެއްގައި ފެތުރެމުން އައުމާއި ގުޅިގެން މިއަދު އެޗްޕީއޭއިން ވަނީ މިއަދު ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލުކުރުމަށްޓަކއި އިތުރު ފިޔަވަޅުތަކެއް އަޅާފއެވެ. އެގޮތުން 12 މޭއިން ފެށިގެން ގްރޭޓާ މާލެ ސަރަހައްދުގައި ހަވީރު 16:00 ފެށިގެން ފަތިހު 04:00 ކާފިޔޫގެ ވަގުތު ވަނީ ދިގުކޮށްފައެވެ. މީގެއިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގާފައިވާއިރު، ރެސްޓޯރެންޓުތަކާއި، ކެފޭތަކުގައި ތިބެގެން ކެއުން މަނާކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.