ރ. ދުވާފަރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ. 

މި މަޝްރޫއު އިފްތިތާހުކުރީ މިކަމަށް ހާއްސަކޮށްގެން މިއަދު އެ ރަށުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސައިން، މިނިސްޓަރ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަ އަކްރަމް ކަމާލުއްދީން އަދި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. 

ދުވާފަރު މަގުހެދުމުގެ މަޝްރޫއު އިފްތިތާހު ކުރެވުމާއެކު، އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން އެ ރަށުގެ ރައްޔިތުންގެ ހާއްސަ ހަރަކާތްތަކެއް ވަނީ ދައްކާލާފައެވެ.

މިއީ 09 ސެޕްޓެމްބަރ 2020 ގައި އެމްޓީސީސީއާ ހަވާލުކުރެވުނު ކޮންޓްރެކްޓެކެވެ.

ޖުމްލަ 37.8 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ބެލެވޭ މި މަޝްރޫއުގައި ރ.ދުވާފަރުގައި ފައިމަގުގައި ހިނގުމަށް 4،960 އަކަ މީޓަރުގެ ސަރަހައްދެއް، އަދި ދުއްވާ އެއްޗިއްސަށް 17،790 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުންވެސް ކޭބަލް ހޮޅިވަޅުލުމާއި، މަގުބައްތި އަދި ނިޝާން ހަރުކުރެވޭނެއެވެ.

މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 300 ދުވަހުގެ މުއްދަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.