އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާ ދެމެދު ސީ ޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. 

ސީ ޕްލޭންގެ ހިދުމަތް ފެށުމަށް ނިންމާފައިވަނީ މޯލްޑިވިއަންއިންނެވެ. މި ހިދުމަތަކީ އެ ސަރަަހައްދުގެ ޓޫރިޒަމަށް ރަނގަޅު ފައިދާއެއް ވާނެ ކަމެކެވެ. 

މިއަދު ހެނދުނު އައްޑޫ ސިޓީއަށް ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް އިސް ބޭފުޅުންގެ ޓީމެއް ވަނީ ފުރާވަޑައިގެންފައެވެ. 

އެގޮތުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަޑައިގެންނެވިއެވެ. އޭގެ އިތުރުން އައްޑޫ ސިޓީއަށް ނިސްބަތްވާ މެންބަރުން ވެސް ވަނީ ވަޑައިގެންފައެވެ. އިމިގްރޭޝަން ކޮންޓްރޯލާ އާއި މޯލްޑިވިއަންގެ އިސް ބޭފުޅުން ވެސް ވަޑައިގެންނެވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.