ގއ. ދާންދޫގައި މިއަދު ހިނގި މާރަމާރީއާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

ދާންދޫގައި ދެ ބައެއްގެ ދެމެދު މިއަދު މާރަމާރީއެއް ހިނގައި ތިން މީހަކު ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. 

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ނުވަ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ދާންދޫގައި ހިނގި މާރަމާރީއާ ގުޅިގެން ޒަހަމްވި އެއް ޒުވާނަކު ހާލު ދެރަވެގެން އިތުރު ފަރުވާއަށް އެ އަތޮޅު ވިލިނގިއްޔަށް ވަނީ ފޮނުވާލައިފަ އެވެ. އޭނާއަށް މިހާރު އެ ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *