މާލެ ސިޓީ، 15 އޭޕްރިލް 2021: ރޯދަ މަހުގެ ރޭ އަޅުކަމުގައި -- ފޮޓޯ: މުހައްމަދު އަފްރާހް | ޖަޒީރާ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

މިގޮތަށް އެޗްޕީއޭއިން ނިންމާފައިވަނީ މި މަހުގެ 3 ވަނަ ދުވަހު މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރަން އަންގާފައިވަނިކޮށެވެ. ކޮވިޑް ފެތުރޭ މިންވަރު ނުރައްކާތެރި މިންވަރަކަށް އިތުރުވެފައިވާއިރު އެންމެފަހުން އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ވެސް 1204 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

މިއާއެކު ރާއްޖޭގައި މިވަގުތު ބަލި ޖެހިފައި ވާ މީހުންގެ އަދަދު 10،376 އަށް ވަނީ އަރާފައެވެ. ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ކޭސްތައް އިތުރުވަމުން އަންނައިރު، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު ވެސް ވަނީ 244 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ބަލި ފެނުނުތާ 429 ދުވަސް ވެފައި ވާއިރު، މިއަދާ ހަމައަށް 37019 މީހަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި 26547 ބަލިން ރަނގަޅު ވެފައި ވާއިރު، މި ބަލީގައި 87 މީހަކު ވަނީ މަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.