ކޮވިޑް-19 ގެ ހާލަތުގައި ކުރީ ސަފުގައި ގިނައިން ތިބީ އަންހެނުން ކަމަށާއި އެހެން ނަމަވެސް މި ހާލަތުގައި އަންހެނުނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ގިނަ ވެފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ފޯތު ވޯލްޑް ކޮންފަރެންސް އޮން ވިމެންއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ތަގުރީރުގައި ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި ގައުމު ބަރޯސާވާ ބައެއްގެ ގޮތުގައި ކުރީ ސަފުގައި ގިނައިން މަސައްކަތް ކުރަމުން އަންނަނީ އަންހެނުން ކަމަށާއި އެކަމުގައި ކުރިމަތިވާ ހުރިހާ ގޮންޖެހުންތަކާއި އުނދަގޫތަކާއެކު ވެސް ހިތްވަރާއެކު އެ މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން ނޭޝަނަލް ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރާއި، ހެލްތު ޕްރޮޓެކްޝަން އެޖަންސީ އާއި ކޮވިޑް-19 ގެ ޓެސްޓު ހައްދަމުންދާ ލެބޮޓަރީތަކުގައި ވެސް ގިނައިން މަސައްކަތް ކުރަނީ އަންހެނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އަންހެނުންނަށް ކުރިއްސުރެ ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށް މިނިސްޓާ ވިދާޅުވި އެވެ.

"ކޮވިޑް-19 އާ ހެދި މީގެ ކުރިން ވެސް އަންހެނުނަނށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވީ އިތުރު. އެހެން ނަަމަވެސް އެންމެ ކުރީ ސަފުގައި ހިތްވަރާއެކު މަސައްކަތް ކުރަނީ ވެސް ހަމަ އަންހެނުން،" އައިޝަތު ވިދާޅުވި އެވެ.

މިނިސްޓަ ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ މުހިންމު މަގާމްތަކަށް އަންހެނުން އައްޔަންކޮށްފައިވާ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އަންހެނުންގެ ބާރުވެރިކަން އިތުރު ކުރުވުމަށްޓަކައި ކޯޓާތަކެއް ކަނޑައެޅުއްވި ކަން ވެސް މިނިސްޓާ ފާހަގަ ކުރެއްވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *