ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދުގެ ހެޔޮ އެދުން ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަޒްނާ އާއި އެމަނިކުފާނުގެ ހެޔޮ އެދުންތައް ޓްރަމްޕާއި މެލަނިއާއަށް އަރިސް ކުރައްވާ ކަމަށާއި ކޮވިޑް-19 އިން އަވަހަށް ރަނގަޅުވުމަށް އެދޭ ކަމަށެވެ.

ޓްރަމްޕާއި މެލަނިއާއަށް ކޮވިޑް-19 ޖެހިފައިވާ ކަން ހާމަކޮށްފައި ވަނީ މިއަދު ހެނދުނު ޓްރަމްޕް ކުރެއްވި ޓުވީޓަކުންނެވެ. އެގޮތުން ކަރަންޓީންގައި ހުންނަވައިގެން ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޓްރަމްޕްގެ އުމުރުފުޅުން 74 ވެވަޑައިގެންފައިވާއިރު މިއާއެކު އެމަނިކުފާނު ހިމެނިވަޑައިގަންނަވަނީ މި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރާ ހައި ރިސްކް ކެޓަގަރީގައެވެ. އެމަނިކުފާނު މި ބައްޔަށް ޕޮސިޓިވްވެފައި މިވަނީ އެމަނިކުފާނުގެ އަރިހުގައި މަސައްކަތްކުރައްވާ 31 އަހަރުގެ ހޯޕް ހިކްސް ޕޮސިޓިވްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.