ރާއްޖެ އާއި އިންޑިއާ އާ ދެމެދު އިފްތިތާހުކޮށްފައިވާ ކާގޯ ފެރީގައި ހދ. ކުޅުދުއްފުއްޓަށް ގެނައި މުދަލާއެކު އެސްޓިއޯއިން ވިއްކާ ސިމެންތީގެ އަގު ބޮޑުތަނުން ހެޔޮކޮށްފިއެވެ. 

މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ކޮޗިންއިން ފުރައިގެން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ކުޅުދުއްފުށީ ޕޯޓްގައި ބަނދަރުކުރި މި ފެރީއިން 500 ޓަނުގެ ސިމެންތި އާއި އެހެނިހެން މުދާ އެރަށަށް ބާލާފައިވެއެވެ. 

މިއާއެކު އެސްޓީއޯއިން ވިއްކަމުންދިޔަ ރެމްކޯ ބްރޭންޑްގެ ސިމެންތި ޔުނިޓަކުން ވަނީ 16 ރުފިޔާ އަގުހެޔޮކޮށްފައެވެ. އެގޮތުން މީގެކުރިން 106 ރުފިޔާއަށް ވިއްކި ސިމެންތި މިހާރު ވިއްކަމުންދަނީ 90 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. 

މި ފެރީއާއެކު އުތުރުގެ ރަށްތަކަށް އިގްތިސާދީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭއިރު އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުތައް ބޮޑުތަނުން ހެޔޮވެގެންދާނެއެވެ. 

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ދަތުރުކުރާ ކާގޯ ފެރީއަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *