އެއް އަހަރަށްފަހު މާލެ ހުކުރު މިސްކިތުގައި މިއަދު ހުކުރު ނަމާދު ޖަމާއަތުގައި ކޮށްފިއެވެ. 

މިސްކިތް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް ހުކުރު މިސްކިތް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހުއެވެ. އެއް އަހަރު ފަހުން ތާރީހީ މިސްކިތުގައި ހުކުރު ނަމާދުކޮށްފައިވާއިރު އިއްޔެ އަސްރު ނަމާދުން ފެށިގެން ވަނީ ޖަމާއަތުގައި ނަމާދު ކުރުމަށް މިސްކިތް ހުޅުވާލާފައެވެ. 

ހެރިޓޭޖް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ 2019 ވަނަ އަހަރު މިސްކިތް ބަންދުކުރުމަށްފަހު މިސްކިތަށް އޭރު ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ކަތުރުފަނީގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ކަމާބެހޭ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން މިސްކިތުގެ ލަކުޑި އާއި ހިރިގަލަށް ދޭންޖެހޭ ފަރުވާ ދެވިފައިވާ ކަމަށް އެ މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. 

ކޮވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް ހުކުރު މިސްކިތުގައި ކުރިން އަޅާފައި އޮތް ކާޕެޓް ނަގައި ސާފުކުރަން ފަސޭހަ ރައްކާތެރި ފްލޯރިންއެއް އަޅާފައިވާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީއިން ވަނީ ބުނެފައެވެ. 

ހުކުރު މިސްކިތަކީ 360 އަހަރަަށްވުރެ ގިނަ ދުވަސް ވެފައިވާ އާސާރީ ބިނާއެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.