ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާ އަދި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ. މިއާއެކު ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަދި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުމެއް އަނެއްކާ ވެސް ފެނިގެންދާނެއެވެ. 

ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވިފަހުން މި ދެ ތަރިންގެ ކުރިމަތިލުމެއް ފެނިފައެއް ނުވެއެވެ. އަދި މިއީ 2011 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފަހުން މި ދެ ތަރިން އެއްކޮށް ޗެމްޕިއަންސް ލީގުގައި އެއް ދަނޑަކުން ފެނިގެންދިޔުމުގެ ފުރުސަތު އޮތް ހަމައެކަނި ފަހަރެވެ. 

ގްރޫޕް އޭ: ބަޔާން މިއުނިކް، އެތުލެޓިކޯ މެޑްރިޑް، ސަލްޒަބަރގް، ލޮކޮމޯޓިވް މޮސްކޯ

ގްރޫޕް ބީ: ރެއާލް މެޑްރިޑް، ޝަކްތަރު ޑޮނޭޓްސްކް، އިންޓަ މިލާން، ބޮރޫޝިއާ މޮންޗެންގްލެޑްބެކް

ގްރޫޕް ސީ: އެފްސީ ޕޯޓޯ، މެންޗެސްޓަރ ސިޓީ، އޮލިމްޕިއާކޯސް, މާސޭ

ގްރޫޕް ޑީ: ލިވަޕޫލް، އަޔަކްސް، އެޓަލާންޓާ، އެފްސީ މިޓިލަންޑް

ގްރޫޕް އީ: ސެވިއްޔާ، ޗެލްސީ، ކްރަސަންޑޯރ، ސްޓޭޑް ރެނޭ

ގްރޫޕް އެފް: ޒެނިތު ސެއިންޓް ޕީޓަސްބަރގް، ބޮރޫޝިއާ ޑޯޓްމަންޑް, ލާޒިއޯ، ކްލަބް ބްރުޖް

ގްރޫޕް ޖީ: ބާސެލޯނާ، ޔުވެންޓަސް، ޑިނަމޯ ކިއޭވް، ފެރެންވަރޯސީ

ގްރޫޕް އެޗް: މެންޗެސްޓަރ ޔުނައިޓެޑް، ޕީއެސްޖީ، ލީޕްޒީގް، އިސްތަންބޫލް ބަސެކްޝަޔަރ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.