މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޕަރމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒް ސަސްޕެންޑްކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ސީއެސްސީ އިން ނެރުނު ނޫސްބަޔާނުގައި، ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑް ކޮށްފައިވަނީ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ސީއެސްސީއިން މައްސަލައިގެ އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

އަބްދުﷲ ފަޔާޒް ސަސްޕެންޑްކޮށްފައިވަނީ ސިވިލް ސަރވިސް ގަވާއިދު 2014ގެ 258 ވަނަ މާއްދާގެ (ނ)ގެ 1 ވަނަ ނަންބަރުގެ ދަށުންނެވެ. ސަސްޕެންޑްކޮށްފައިވަނީ މުސާރަ ލިބޭގޮތަށް 30 ދުވަހުގެ މުއްދަތަކަށެވެ.

ފަޔާޒް ޕީއެސްގެ މަގާމަށް އައްޔަން ކުރެވުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.