ރ.ދުވާފަރު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ބައެކެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު މި މަސައްކަތުގެ 77 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 12 ޖޫން 2019ގައެވެ.

މި މަޝްރޫއުގެ ދަށުން ފައިމަގުގައި އުޅެވޭ ގޮތަށް 4،960 އަކަ މީޓަރުގެ ސަރަހައްދެއް ހަދައި ދުއްވޭ ގޮތަށް 17،790 އަކަ މީޓަރުގެ ސަރަހައްދެއް ހަދާނެއެވެ. އަދި ކޭބަލް ހޮޅި ވަޅުލުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *