ނެޝަނަލް ޑައެބެޓީސް ސެންޓަރުގެ ނަމުގައި ވަން ސްޓޮޕް ޑައިބެޓިކް ސެންޓަރެއް ހުޅުވައިފިއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި ހުންނަ މި ސެންޓަރުގެ ހިދުމަތް މިއަދުން ފެށިގެން ލިބެން ހުންނާނޭކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފައެވެ.

ނެޝަނަލް ޑައެބެޓީސް ސެންޓަރަކީ ހަކުރުބަލީގެ ފަރުވާއާ ބެހޭ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނޭ ސެންޓަރެކެވެ. އެގޮތުން، ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލް ކުރައްވާ ފަރާތްތަކުގެ ކެއުން ބަހައްޓާނެ ގޮތާއި މެދު ޑައިޓިޝަނުންގެ ލަފާ ދިނުމުގެ ހިދުމަތް ލިބެން ހުންނާނޭ ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ. މީގެއިތުރުންވެސް، އެ ސެންޓަރަށް ދައްކާ ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމެންޓަށްފަހު އެނބުރި ވަޑައިގެންނެވުމުގެ ކުރިން ރިބިއު ނުވަތަ ފޮލޯއަޕް އެޕޮއިންޓްމަންޓްވެސް ހަމަޖެހިގެންދާނެއެވެ.

އައިޖީއެމްއެޗް އިން ހާމަކޮށްފައިވާ ގޮތުގައި މި ސެންޓްރުގެ ހިދުމަތް ރަނގަޅުކޮށް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ ގޮތުން، ޓެލެމެޑިސިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި މިކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ހަކުރު ބައްޔައް ސްކްރީން ކުރުމާއި، ހަކުރުބައްޔާއި ބެހޭގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި ދިރާސާތައް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި ޑައިބެޓިކް ސެންޓަރު އެއް ވިއުގައެއްގެ ތެރެއިން އެހެން ރަށްތަކާއި ގުޅުވާލުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފައެވެ.

ހަކުރުބައްޔަށް ފަރުވާދިނުމުގައި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *