ޖަރުމަނު ސުޕަރ ކަޕްގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ބަޔާން މިއުނިކުން ކުރި ހޯދައިފިއެވެ. 

ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބަޔާނުން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކޮރެންޓިން ޓޮލީސޯ ޖަހައިދިންއިރު ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ޖަހައިިދިނީ ތޯމަސް މުލާއެވެ. ޑޯޓްމަންޑުން ކުޅުން ރަނގަޅުކޮށް ހޫލިއަން ބްރަންޓް ވަނީ 39 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. 

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބަޔާނުން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އާލިންގ ހާލަންޑް ވަނީ ޑޯޓްމަންޑަށް އެއްވަރުކޮށްދީފައެވެ. ބަޔާން މި މެޗުން މޮޅުވި ލަނޑު 82 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ޖޯޝުއާ ކިމިޗްއެވެ. 

މިދިޔަ ސީޒަނުގެ ތިން މުބާރާތް ބަޔާނުން ކާމިޔާބުކުރިއިރު އެޓީމުން ވަނީ އެންމެފަހުން ކުޅުނު ޔުއެފާ ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފައެވެ. މިއަހަރުގެ ފަހުކޮޅު ކުޅޭ ފީފާ ކްލަބް ވާރލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ބަޔާން ވެގެންދާނީ 2009 ވަނަ އަހަރު ބާސެލޯނާއިން އެއް އަހަރެއްގެ ތެރޭގައި ހަ ތަށި ކާމިޔާބުކުރިފަހުން އެ ޝަރަފު ހޯދާ ފުރަތަމަ ޓީމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.