ސްޕެނިޝް ލަލީގާގައި ރެއާލް ވަލަޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ ކުރިޔަށް އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޖެހިލައިފިއެވެ. 

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ގިނަ ހަމަލާތަކެއް ވަލަޑޮލިޑްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. މި ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ވަލަޑޮލިޑްގެ ކީޕަރު ރޮބާޓޯއެވެ. އެހެން ނަމަވެސް މެޗުގެ 65 ވަނަ މިނެޓުގައި ބްރެޒިލްގެ ޒުވާން ވިންގަރ ވިނީޝިއަސް ޖޫނިއަރ ޖަހައިދިން ލަނޑު ރެއާލްއަށް ވަނީ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. 

އެތުލެޓިކޯ މެޑްރިޑް އަދި ހުއެސްކާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ވިޔަރެއާލްއިން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން އަލަވޭސް ބަލިކޮށްފައެވެ. މި މެޗުގައި ވިޔަރެއާލްއަށް ޕަކޯ އަލްކެސަރ ދެ ލަނޑު ޖަހައިދިންއިރު ތިންވަނަ ލަނޑު ޖަހައިދިނީ މޮރޭނޯއެވެ. އަލަވޭސްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެންޑޭޒްއެވެ. އެއިބަރ އަދި އެލްޗޭ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރީ އެލްޗޭއެވެ. 

މި ސީޒަނުގައި ރެއާލް ކުޅުނު އެއްވެސް މެޗަކުން އެޓީމު ބަލިވެފައިނުވާއިރު އާދިއްތަ ދުވަހު އެޓީމު ނުކުންނާނީ ލެވަންޓޭއާ ދެކޮޅަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.