ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބުރިޖު އެކެއް ހުޅުވުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ނިންމައިފިއެވެ.

މިގޮތަށް ނިންމީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އާންމު ފަރާތްތަކުން ދިރިއުޅެން ފަށާފައިވުމާ ގުޅިގެން ކަމަށް އެޗްޑީސީއިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން، އެ ފަރާތްތަކަށް އެ ސަރަހައްދަށް އަރައި ފޭބުމުގައި ދަތިތަކާ ކުރިމަތިލަމުންދާ ކަމަށާއި، އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 1 އޮކްޓޯބަރުން ފެށިގެން ބުރިޖު 1 ހުޅުވާލާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް، އެޗްޑީސީއިން ބުނެފައިވަނީ ބުރިޖު ހުޅުވާލެވުނު ނަމަވެސް، ދެވަނަ ފިޔަވަހީގެ އެހެން ސަރަހައްދުތަކަށް އެޗްޑީސީގެ ހުއްދަ ނެތި އާއްމު ފަރާތްތަކުން ވަދެނިކުމެ އުޅުމާއި އަރާފޭބުމަކީ މަނާކަމެއް ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ބޭނުންކުރައްވާ ފަރާތްތަކުންވެސް އެޗްޑީސީއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރަން ވާނޭކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބުރިޖު 1 އަކީ ނިރޮޅުމަގާ ގުޅިފައިވާ ބުރިޖެވެ. މު ބުރިޖު ހުޅުވާލުމާއެކު ދެވަނަ ފިޔަވައްސަށް އަރާފޭބުމުގައި ފަސޭހަތަކެއް ލިބިގެންދާނޭކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *