ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްޘޫމް އަބޫބަކުރުގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވެވި އެ ކޮމިޝަނުގެ 71 ވަނަ ބައްދަލުވުމުގައެވެ.

އެ ކޮމިޝަނުގެ މި ބައްދަލުވުމުގައި ނިންމާފައިވަނީ ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު 2 މައްސަލައެއް އެ ކޯޓުގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް، އެ މެޖިސްޓްރޭޓްގެ ކިބައިން އެ 2 މައްސަލަ ވަކިކޮށް އުއްމުކުލްޘޫމް ހަވާލުވި މައްސަލައެވެ. މިގޮތުން، މި 2 މައްސަލަ ބެލުމަށް އުއްމުކުލްޘޫމް ހަވާލުވުމުގައި، މެޖިސްޓްރޭޓްގެ ސުލޫކަށް އަސަރުކޮށްފާނޭފަދަ ކަންތައްތަކެއް ޖޭއެސްސީއަށް ފާހަގަކުރެވޭތީ މައްސަލަ ތަހްގީގުކުރުމަށް ނިންމަފައިވާކަމަށް އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މިއާއެކު، މި މައްސަލަ ބެލުމަށް ޖޭއެސްސީއިން ކޮމިޓީއެއް އެކުލަވާލާނެއެވެ. 

މިނިވަން ޖުޑީޝަރީއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ފަނޑިޔާރުންގެ ސުލޫކީ މިފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ ޖޭއެސްސީއިން އިސްކަމެއްދީގެން ކުރަމުން އަންނަކަމެކެވެ. ފަނޑިޔާރު ގެ އާމެދު ރައްޔިތުންގެ އިތުބާރު އިތުރުކުރުމަކީ ރިޔާސީ އިންތިހާބުގައިވެސް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ވި ވައުދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *