ކުވޭތުގެ އަމީރު އައްޝޭއިހް ޞަބާހުލްއަޙްމަދު އަލްޖާބިރު އައްޞަބާހު އަވަހާރަވުމާ ގުޅިގެން އެ ގައުމުގެ އާ އަމީރުކަމަށް ޝޭހް ނަވާފް އަލް އަޙްމަދު އަލް ޞަބާހް ހުވާކުރައްވައިފިއެވެ.

ޝޭހް ނަވާފް އަލް އަޙްމަދު އަލް ޞަބާހް ރަސްކަމުގެ ހުވާ ކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. އުމުރުފުޅުން 83 އަހަރުގެ އާ އަމީރަކީ 2006 ވަނަ އަހަރުން ފެށިގެން ކުވެއިތުގެ ވަލީއަހުދެވެ. 1990 ވަނަ އަހަރުގައި ކުވޭތަށް އިރާގުގެ އަސްކަރިއްޔާއިން ވެރިވެގަންނަން މަސައްކަތްކުރި އިރު، އެ ގައުމުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދެވީ ޝޭހް ނަވާފްއެވެ. އަލް ޞަބާހް އާއިލާގައި މަޝްހޫރު ޝޭހް ނަވާފްއަކީ މަޑުމައިތިރި އަދި މީޑިއާ އާ ދުރު ބޭފުޅެކެވެ.

ކުރީގެ އަމީރު ޝެއިހް އަލްޖާބިރު އަލްޞަބާހް އަވަހާރަވީ އުމުރުފުޅުން 91 އަހަރުގައި އެމެރިކާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ޖުލައި މަހުން ފެށިގެން އެމެރިކާގައި ފަރުވާ ހޯއްދަވަމުން ގެންދެވި އަމީރުއަކީ 2006 ވަނަ އަހަރުން ފެށިގެން ކުވެއިތުގެ ރަސްކަން ކުރައްވަމުން ގެންދެވި ބޭފުޅާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.