ލ.ގަމުގައި ކަރަންޓު ނެޓްވޯކް ގުޅުމަށް ބޭނުންވާ ހައި ވޯލްޓޭޖް (އެޗްވީ) ކޭބަލް އަޅަން ފަށައިފިއެވެ. މިއީ ގަމުގައި މިހާރުހުރި ތިން އިންޖީނުގެ ބަދަލުގައި އެއް އިންޖީނުގެއެއް އަޅައި، މުޅި ގަމުގެ ކަރަންޓު ފޯރުކޮށްދިނުން އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ކުރަމުންގެންދާ މަސައްކަތުގެ ބައެކެވެ.

ލ.ގަން ފެނަކަ ބްރާންޗުގެ މެނޭޖަރު ފާރޫގް ހުސެއިން ޖަޒީރާނޫހަށް މައުލޫމާތުދެމުން ވިދާޅުވީ، މި ކޭބަލް އެޅުމަށް ނިންމާފައިވަނީ މުކުރިމަގުން ތުނޑިއަށް ކަމަށާއި މުޅި ގަން މި ކޭބަލް ނެޓްވޯކުން ގުޅާލެވޭނެކަމަށެވެ. މިގޮތުން، 11،000 މީޓަރުގެ އެޗްވީ ކޭބަލް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ. ގަމަކީ ރާއްޖޭގައި އޮތް އެންމެ ބިމުގެ ގޮތުން ބޮޑު އެއް ރަށަށް ވުމުން، މުޅި ރަށް އެޗްވީ ކޭބަލް އިން ގުޅާލުން ވެގެންދާނީ މިގޮތަށް ކުރިއަށް ގެންދާ އެންމެ ތަފާތު އެއް މަސައްކަތަށެވެ.

މިއީ 30 ދުވަސް ތެރޭގައި ނިންމުމަށް ޝަރުތުކޮށް ހަވާލުކުރެވުނު މަސައްކަތެކެވެ. ފާރޫގް ވިދާޅުވީ މަސައްކަތް 30 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ގަބޫލުކުރައްވާކަމަށެވެ.

މި މަޝްރޫއު ނިމޭއިރު، ގަމުގައި މިހާރު ހުރި 3 އިންޖީނުގެ ބަދަލުގައި އެއް އިންޖީނުގެއެއް އަޅައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވި ވައުދުގު ބޮޑު ބައެއް ފުދިގެންދާނެއެވެ. މިހާރު ގަމުގައި ހުރި އިންޖީނުގެ ތަކަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެ ތަކެއް ކަމުން، ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކުންވެސް މި ބަދަލާއެކު ސަލާމަތްވާނޭކަމަށް ބެލެވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.