ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ޖަޕާނުން ފޯރުކޮށްދޭ 5 ބިލިއަން ޖަޕަނީޒް ޔެން (47.5 މިލިއަން އެމެރިކާ ޑޮލަރު، 732.4 މިލިއަން ދިވެހި ރުފިޔާ) ގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރެޒިޑެންސް ރެޕްރެޒެންޓޭޓިވް އޮފް ޖައިކާ މޯލްޑިވްސް މިޝްޔޯކީ ކަވަސާކީއެވެ.

މިއީ 4 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 15 އަހަރުން ދައްކާ ގޮތަށް، 0.01 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ޖަޕާނުން ދޭ ލޯން އެހީއެކެވެ. 

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *