އަޒުމް ކަނޑައަޅަންވީ ހިތަށް އަނިޔާވާ އެންމެހާ ކަންކަމާ ދުރުހެލިވުމަށްކަމަށް ވަގުތީ ގޮތުން މިނިސްޓްރީ އޮފް ހެލްތު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މި މޭރުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ހިތާބެއްގައެވެ. މި ހިތާބުގައި މިނިސްޓަރު އަސްލަމް ވަނީ އުފާވެރި ހަޔާތަކަށް ދުޅަހެޔޮ ހިތެއްގެ މުހިންމުކަން ފާހަގަކުރައްވާ، ހިތުގެ ވިންދު ދުޅަހެޔޮކޮށް ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

ކޮވިޑް-19ގެ މިހާލަތުގައި ދިމާވާ ދަތިތަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ހުރިހާ ރައްޔިތުންވެސް މިދަނީ ހިތާމަތަކާ ކުރިމަތިލަމުންކަމަށެވެ. މި ވޭތުކުރާ ދުވަސްތަކަކީ ހިތާމަވެރި ދުވަސްތަކެއް ނަމަވެސް، ހިތްހަމަޖެހުން ލިބިގަތުމަށްޓަކައި ކަސްރަތު ކުރުމާއި ސިއްހަތައް ރަނގަޅު ކާނާކެއުމަށް މިނިސްޓަރު އަސްލަމް ވަނީ އިލްތިމާސްކުރައްވާފައެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.