ހިތުގެ ބަލިތަކަށް ފަރުވާއަކީ ލޯތްބާއި އޯގާތެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

މިޓްވީޓްގައި އެ މަނިކުފާނު ވަނީ ކޮވިޑް-19ގެ މިހާލަތުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތައް ފާހަގަކޮށްފައެވެ. އެގޮތުން، ކޮވިޑްގެ ސަބަބުން އަޅުގަނޑުމެން އެންމެންގެ ދިރިއުޅުމަށް ސްޓްރެސް އަދި އެންޒައިޓީ އިތުރުވެފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދިރުއުޅުމަށް ލަސްކަމެށް ގެނުވައިފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ދުނިޔޭގެ ސިއްހަތުގެ ދުވަހުގައި ސަމާލުކަން ދޭންވީ ބައެއް ކަންތައްތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، ހަރަކާތްތެރި އަދި ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކުރުމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ. އަދި ކޮވިޑް-19ގެ މިހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންގެންދާ މި ދަނޑިވަޅުގައި، ހިތުގެ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ލޯތްބާއި އޯގާތެރިކަމުގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.