ނ.ޅޮހީގައި އާ އިންޖީނުގެއެއް ބިނާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ އެރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެ ބަދަލުގައި، ޒަމާނީ އިންޖީނުގެއް މީހުން ނޫޅޭ، އެކަމަށް އެކަށީގެންވާ ސަރަހައްދެއްގައި ބިނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ނ.ޅޮހީގައި ފެނަކަ ކޯޕަރޭޝަންގެ އޮފީސް އިމާރާތަކާއި އިންޖީނުގެއެއް އިމާރާތްކުރެވޭނެއެވެ.

6.47 މިލިއަން ރުފިޔާ ހަރަދުވާނޭކަމަށް ބެލެވޭ މި މަޝްރޫއު ނިންމާލުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓްގައި ސޮއި ކުރެވުނު ތާރީހުން ފެށިގެން 270 ދުވަސް ތެރޭގައެވެ. އެހެންކަމުން، މި އަހަރުގެ ފަހުކޮޅު މި ދެ އިމާރާތުގެ މަސައްކަތްވެސް ނިމޭނެއެވެ.

މިއީ ރަށްރަށުގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކޮށް ޒަމާނީ އިންޖީނުގެތަކެށް ބިނާކުރުމަށް ފެނަކައިން ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.