ގަވައިދެއް އުވާލެއްވި މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ގުޅޭ ޝަކުވާއެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ. 

މިނިސްޓަރު ނަހުލާ އުވާލެއްވީ ދިވެހި ރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދެވެ. އެ ގަވައިދު އުވާލެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅުއްވައެވެ. 

މިނިސްޓަރުގެ މައްސަލަ އޭސީސީއަށް ހުށަހެޅީ ޝިޕިން އޭޖެންސީތަކުގެ ބަޔަކު ސޮއިކޮށްފައެވެ. އެ ޕެޓިޝަންގައި ބުނެފައިވާ ގޮތުން މިނިސްޓަރު ނަހުލާ އެ ގަވައިދު އުވާލެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ފައިދާ ހޯދަން ކުރެއްވުން ކަމަށާއި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދިފައިވެއެވެ. 

ޖުލައި މަހުގެ 16 ވަނަ ދުވަހު ގެޒެޓްކުރި އެ ގަވައިދު ތަންފީޒު ނުކުރެވޭތީ އެކަމުގެ ޝަކުވާތައް ވެސް މީގެކުރިން ޝިޕިން އެޖެންސީތަކުން އުފުލަމުން ދިޔައެވެ. އެ ޝަކުވާތައް އޮތްވައި މި މަހުގެ 16 ވަނަ ދުވަހު ގަވައިދު އުވާލީ އެ ތަންފީޒު ކުރުމަށް އެއްވެސް މަސައްކަތެއް ވެސް ނުކޮށް ކަމަށް މައްސަލާގައި ވަނީ ތުހުމަތުކޮށްފައެވެ. 

އެ ގަވައިދު އުވާލި ސަބަބެއް މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ. 

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލާގައި ބުނީ ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީން ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމާއި އަދި އެ ގާނޫނުތަކާއި ގަވާއިދުތައް ބާތިލްކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއް ކަމެވެ. އެކަމަކީ ބޯޑުން ފާސްކުރުމެއް ނެތި މިނިސްޓަރު ފެނިވަޑައިގަންނަވާ ގޮތަކަށް ކުރެއްވޭނެ ކަމެއް ނޫން ކަމެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *