9 ޖުޑީޝަލް ދާއިރާއެއްގެ ދާއިރާ އިސް މެޖިސްޓްރޭޓްކަމަށާއި، ކްރިމިނަލް ކޯޓުގެ އިސް ގާޟީކަމަށް އަދި ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ޖޭއެސްސީ އިން އިސް މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހއ، ހދ، ށ، ނ، ބ، އދ، ވ، ގއ، އަދި ގދ ޖުޑީޝަލް ދާއިރާއަށެވެ. މިއިން ދާއިރާއަކަށް ކުރިމަތިލެއްވޭނީ އެ ޖުޑީޝަލް ދާއިރާގެ ކޯޓެއްގެ އިސް މެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަދަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތްތަކަށެވެ. ޖޭއެސްސީއިން އިއުލާންކޮށްފައިވާ ގޮތުން ދާއިރާގެ އިސް މެޖިސްޓްރޭޓުންނަށް މުސާރައާއި އެލެވެންސް އެއްކޮށް 30،000 ރުފިޔާއާ ކައިރި ކުރާވަރަށް ލިބޭނެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޟީކަމަށާއި ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތުލެވޭނީ އެ ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރަކަށް ނުވަތަ ގާޟީއަކަށެވެ. މީގެ ތެރެއިން އިސް ގާޟީންނަށް މުސާރައާއި އެލެވެންސް އެއްކޮށް، 50،000 ރުފިޔާއާ ކައިރި ކުރާވަރަކަށް ލިބޭނެއެވެ. އިސް ފަނޑިޔާރުންނަށް 56،000 ރުފިޔާ ލިބޭނެއެވެ.

މި ފަރާތްތައް އައްޔަންކުރާނީ، އެ ފަރާތެއްގެ ތައުލީމާއި، ތަޖުރިބާއާއި، އަހްލާގާއި، ގާބިލުކަމަށް، އަދި މަސްއޫލިއްޔަދު އަދާކުރަން އެންމެ އެކަށޭނެ ފަރާތެއްތޯ ބެލުމަށްފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ އައުލަބިއްޔަތުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.