ބަންގްލަދޭޝްގެ ބަންޑާރަ ނައިބު މަހްބޫބޭ އާލަމް އަވަހާރަވެއްޖެއެވެ.

71 އަހަރުގެ މަހްބޫބޭ އާލަމް އަވަހާރަވީ ކޮވިޑް-19އަށް ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ހަތަރު ވަރަކަށް ހަފްތާ ފަހުންނެވެ. ކޮމްބައިންޑް މިލިޓަރީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަމުން ގެންދިޔަ މަހްބޫބޭ އަވަހާރަވީ އާދީއްތަ ދުވަހުގެ ރޭގަނޑު 7:25ގައެވެ.

މަހްބޫބޭ އާލަމް އަވަހާރަވުމާ ގުޅިގެން ރައީސް އަބްދުލް ހާމިދް، ބޮޑުވަޒީރު ޝޭހް ހަސީނާ، އުއްތަމަ ފަނޑިޔާރު ސައީދް މުހައްމަދު ހަސައިން އަދި ކެބިނެޓްގެ ގިނަ މިނިސްޓަރުން ވަނީ ހިތާމަ ފަޅުކުރައްވާފައެވެ. އެގޮތުން، މަހްބޫބޭ އަވަހާރަވުމަކީ ބަންގްލަދޭޝްގެ ގާނޫނީ ދާއިރާއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއްކަމަށް އެ ބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.

މަހްބޫބޭ އާލަމްއަކީ ބަންގްލަދޭޝްގެ އެންމެ ގިނަ ދުވަސްވަންދެން ހިދުމަތް ކޮށްދެއްވި ބަންޑާރަ ނައިބެވެ. އެގޮތުން، 13 ޖެނުއަރީ 2009 އިން ފެށިގެން ބަންގްލަދޭޝްގެ ބަންޑާރަ ނައިބުކަން އެމަނިކުފާނު ވަނީ ކުރައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.