ހުޅުމާލޭ ހުޅަނގު ފަރާތު ފަޅުތެރެ ބޭނުންކުރާ ގޮތަށް ބަދަލު ގެނައުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ނިންމައިފިއެވެ.

މިކަން ނިންމައި އެކުންފުނިން ކުރި އިއުލާންގައި، މިހާރު ހުޅުމާލޭ ހުޅަނގުފަރާތު ފަޅުތެރެ ބޭނުން ކުރައްވާ ބޭފުޅުން އުޅަނދުފަހަރު އަޅާފައިވާ ގޮތުން ޝަކުވާ ލިބޭކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން ހުޅުމާލޭ 1 އަދި 2 ވަނަ ފިޔަވައްސަށް ވަންނަ އުޅަނދުފަހަރަށް އެ ސަރަހައްދުތަކަށް ވަދެ ނިކުތުމުގައި ދަތިތަކާ ކުރިމަތުވަމުންދާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެޗްޑީސީ އިން ނިންމާފައިވަނީ ސެޕްޓެމްބަރު 29 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭ ފަޅު ބޭނުންކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި އުޅަނދުފަހަރު އެޅުމުގައި އަމަލު ކުރާނޭ ގޮތް ބަދަލު ކުރުމަށެވެ. މިގޮތުން، އަމަލު ކުރާނޭ އާ ގޮތެއްގެ ކުރެހުމެއް އެޗްޑީސީ އިން ވަނީ އިއުލާންވެސް ކޮށްފައެވެ.

މިފަދަ ބަދުލުތަކަށް އަމަލުކުރުމުގައި އާންމު ފަރާތްތަކުން ލިބޭ އެއްބާރުލުމަށްވެސް އެޗްޑީސީއިން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *