ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ ކުލި ފަސްކުރުމުގެ މުއްދަތު އަދިވެސް އިތުރު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ. 

ކޮވިޑް 19އާ ގުޅިގެން ސަރުކާރު ފްލެޓްތަކުގެ ކުލި ހަ މަސް ދުވަހަށް ފަސްކޮށްދިނެވެ. އެ ހަ މަސް ދުވަހުގެ ކުލި ފަސްކުރުމުގެ މުއްދަތު ވަނީ 2020 އޮގަސްޓް 31 އަށް ހަމަވެފައެވެ. ނަމަވެސް ވަރަށް ގިނަ ފަރާތްތަކަކުން މުއްދަތު އިތުރު ކޮށްދެއްވުމަށް އެދެމުންދާ ކަމަށް ހައުސިން މިނިސްޓްރީއިން ބުންޏެވެ. 

އެހެންވެ ސެޕްޓެމްބަރު 2020 އިން ނޮވެމްބަރު 2020 ނިޔަލަށް ތިން މަހަށް ކުލި ނެގުން ފަސްކުރުމަށް ނިންމާފައިވާ ކަމަށް މިއަދު މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުންޏެވެ. 

އެގޮތުން ކުލި ފަސްކުރާ މުއްދަތުގައި މެއިންޓެނެންސް ފީ ދައްކަން ނުޖެހޭނެއެވެ. އަދި ކުލި ފަސްކުރާ މުއްދަތު އެގްރީމެންޓަށް އިތުރުކުރެވޭނެއެވެ.

މިނިސްޓްރީއިން ބުނީ ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން 15 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ކުރިން އައިޑީކާޑުގެ ކޮޕީއާއި މި މިނިސްޓްރީއާއެކު ކުރެވިފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެ ގޮތަށް މިނިސްޓްރީގެ އީމެއިލް އަށް މެއިލްކުރުމަށް އެދޭ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *