އެމްޓީސީސީ އިން ވިއްކާ ޔަންމާ، ސުޒުކީ އިންޖީނާއި ސްޓޮކްޑާޓާ ބްރޭންޑުގެ ރެސިންގެ އަގުތަކަށް ދައްކޮށްފިއެވެ.  

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއިން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނުގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ސްކޮޓް ބާޑާ ބްރޭންޑްގެ ރެސިނުގެ އަގުތަކަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. 

އެގޮތުން މިބަދަލުގެނެސްފައިވަނީ ސަރުކާރުން މެރިންއިންޖީނާއި މަސްވެރިކަމާއި ގުޅުންހުރި އުފެއްދުންތަކުން ޑިއުޓީ މާފުކުރުމާއި ގުޅިގެން މި ކުންފުނިން ވިއްކާ ބައެއް ތަކެއްޗަށް ހެޔޮބަދަލު ގެނައުމުގެ ގޮތުންނެވެ. 

މިބަދަލުގެ ދަށުން ސުޒުކީ އައުޓްބޯޑް އިންޖީނުތަކުން ބައިލައްކަ ރުފިޔާއާއި ހަމައަށް އަގު ހެޔޮވެގެންދާނެއެވެ. އަދި ޔަންމާ އިންބޯޑް އިންޖީނުން ތަކުންވެސް ހަތްލައްކަ ރުފިޔާއާއި ހަމައަށް އަގުހެޔޮވެގެން ދާނެއެވެ. މީގެއިތުރުން މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން މިކުންފުނިން ވިއްކާ އިންޖީނު އިންސްޓޯލްމަންޓްއަށް ނަންގަވާއިރު ޑައުން ޕޭމަންޓް ވަނީ ކުޑަ ކުރެވިފައެވެ. މިގޮތުން ސުޒުކީ އިންޖީނު ބަލައިގަންނަވާ ފަރާތްތަކަށް ޑައުންޕޭމެންޓުން 40 އިންސައްތަ އިން 20 އިންސައްތަ އަށް ދަށްކުރެވިފައިވާއިރު، ފައިސާ ދެއްކުން 12 މަހާއި ހަމައަށް ބަހާލެވޭނެއެވެ. އަދި ޔަންމާ އިންޖީނު ޑައުންޕޭންމެންޓް 35 އިންސައްތަ އިން 20 އިންސައްތަ އަށް ދަށްކުރެވިފައިވާއިރު، 36 މަހާއި ހަމައަށް ފައިސާ ދެއްކުން ބަހާލެވޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.