ކުޅުދުއްފުށީ ސިޓީއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ. 

އެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެއާ ދެމެދު ދަތުރު ކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ "ފާޅު" ބޯޓުގެ ކައްޕިއެވެ. 

އޭނާ ކޮވިޑަށް ޓެސްޓްކުރީ އަލާމާތްތައް ފެނިގެންނެވެ. އޭގެ ފަހުން އެ ބޯޓުގެ އިތުރު ދެ ފަޅުވެރިޔަކު ޕޮޒިޓިވްވިއެވެ. އިއްޔެ ވަނީ އެތަނުން ފަޅުވެރިއެއްގެ ކޮންޓެކްޓެއް ޕޮޒިޓިވްވެފައެވެ. އެއާއެކު ފާޅު ބޯޓާ ގުޅޭ ހަތަރު މީހަކު ވަނީ ޕޮޒިޓިވްވީއެވެ. 

އެކަމާ ގުޅިގެން 50 އަށްވުރެ ގިނަ މީހުން މިހާރު ވަނީ އެކަހެރިކޮށްފައެވެ. އަދި އޭގެ ތެރެއިން ހައިރިސްކު މީހުންގެ ޓެސްޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

ފާޅު ބޯޓުގެ ވެސް މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ. ބައެއް ގެތައް ވެސް ވަނީ ކަރަންޓީނުކޮށްފައެވެ. ކުޅުދުއްފުށީ ވަނީ މޮނީޓަރިންގެ ހާލަތުގައެވެ. 

ފާޅު ބޯޓް ގޮސްފައިވާތީ ނޮޅިވަރަމް ވެސް ވަނީ މޮނީޓަރިންގެ ހާލަތުގައެވެ. އަދި އެ ރަށުން ވެސް ބައެއް މީހުން އެކަހެރިކޮށްފައިވެއެވެ. 

މީގެއިތުރުން ކުޅުދުއްފުށީ ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.