ދުނިޔޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާމް "މޯލްޑިވްސް ބޯޑާ މައިލްސް" ރޭ ލޯންޗު ކޮށްފިއެވެެ.

މިއީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބި، ގިނަ އިނާމުތަކެއް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ޕްރޮގްރާމްގެ ދަށުން ޕޮއިންޓް ލިބޭ ތިން ދަރަޖައަކަށް ޕޮއިންޓް ލިބޭނެއެވެ. އެއީ "އައިދަ" (ލޯ ދަރަޖަ) އާއި "އަންތަރަ" (ރިހި ދަރަޖަ) އަދި "އަބާރަނަ" (ރަން ދަރަޖަ)އެވެ.

"މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމަކީ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިންގެ އިސް ނެންގެވުމަށް ފެއްޓެވި ޕްރޮގްރާމެކެވެ. 

އޭނާ ވިދާޅުވި ގޮތުގައި މިފަދަ ޕްރޮގްރާމެއް ދުނިޔޭގައި ވުޖޫދަށް އަލަށް ގެނެވުމަކީ ފަހުރުވެރިވެ ޝަރަފުވެރިވާ ކަމެއް ކަމަށެވެ. 

ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ލޯންޗުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްރޮގްރާމަކީ ވަރަށް އުއްމީދީ ޕްރޮގްރާމެކެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ވެގެންދާނެ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.