އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު 5-2 ގެ ނަތީޖާއަކުން ލެސްޓާ ސިޓީއިން ކާމިޔާބުކޮށްފިއެވެ. 

މެޗުގެ 4 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒް ލަނޑެއް ޖަހައި ސިޓީއަށް ލީޑު ނަގައިދިންއިރު ލިބުނު ޕެނަލްޓީއެއްގައި ޖެއިމީ ވާޑީ ވަނީ 37 ވަނަ މިނެޓުގައި ލެސްޓާއަށް އެއްވަރުކޮށްދީފައެވެ. ލެސްޓާއަށް ވާޑީ ލީޑު ނަގައިދިނީ 53 ވަނަ މިނެޓުގައެވެ. އޭގެ ފަސް މިނެޓު ފަހުން ޕެނަލްޓީއެއް ކާމިޔާބުކޮށް ވާޑީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ލެސްޓާގެ ހަތަރު ވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖޭމްސް މެޑިސަން ޖަހައިދިންއިރު ސިޓީއަށް ނަތީޖާގެ ފަަރަގު ކުޑަކޮށްދިނީ 84 ވަނަ މިނެޓުގައި ނޭތަން އަކޭއެވެ. ލެސްޓާގެ ފަސް ވަނަ ލަނޑު 88 ވަނަ މިނެޓުގައި ޖަހައިދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓީލަމަންސްއެވެ. 

ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑުން ވަނީ 1-0 އިން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފައެވެ. ލީޑްސް މޮޅުވި ލަނޑު އެޓީމަށް ޖަހައިދިނީ ޕެޓްރިކް ބެމްފޯޑްއެވެ. 

ޓޮޓެންހަމް އަދި ނިއުކާސަލް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު ވެސްޓް ހަމްއިން ވަނީ އަމިއްލަ ދަނޑުގައި 4-0 އިން ވުލްވްސް ބަލިކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.